މެލޭޝިޔާގެ މިސްކިތެއްގައި ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި އަންހެނަކު ޖަލަށްލައި އިތުރު ޖޫރިމަނާއެއް ކުރުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
ޖަލަށް ލާފައިވަނީ އުމުރުން 46 އަހަރުގެ ތަމް ޔުތް މޫއި، ނަމަކަށް ކިޔާ އަންހެނެކެވެ. އެ އަންހެނާ ދީނަށް ފުރައްސާރަ ކޮށްފައިވަނީ އެ ގައުމުގެ މިސްކިތެއް ކަމުގައިވާ މަސްޖިދް އަބޫ އުބައިދާގައި އެވެ. އޭނާ ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ މިދިޔަ އަހަރުގައި އެވެ.
މި އަންހެނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު ޖަލަށް ލާފައިވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި ޖޫރިމަނާ ކޮށްފައިވަނީ މެލޭޝިޔާ ފައިސާއިން ނަމަ 5000 އިންނެވެ. މި އަންހެނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ އެ ގައުމުގެ ގާނޫނުލް އުގޫބާތުގެ 298 ވަނަ މާއްދާގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް