ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމާއި ގުޅިގެން ކޮންމެ މީހަކީވެސް ސްޓްރެސް، ނުވަތަ ފިކުރު ކުރާނެ މީހެކެވެ. މިފަދަ ކަމަކާއި ފިކުރު ކުރަން ޖެހިއްޖެ ނަމަ ގިނަ މީހުން މި ޒަމާނުގައި ސްޓްރެސް ފިލުމުގެ ބޭނުމުގައި ފޯނު ބޭނުން ކުރުން ނުވަތަ ފިލްމެއް ބެލުން، ކޮމްޕިއުޓަރުން ކުރެވޭ ކަންކަމަށް މަޝްއޫލުވެއެވެ.
އެހެންނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެއެވެ. ސްޓްރެސް ވަރަށް އަވަހަށް ފިލުވާލެވޭ އެހެނިހެން ގޮތްތައް ވެސް އެބަހުއްޓެވެ. އެގޮތުން ކަމަކާއި ފިކުރު ބޮޑުވާ ނަމަ ބޭރަށް ނިކުމެލުކަމީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ ބައެއް މީހުންނަކީ ސްޓްރެސްވުމަށްފަހު ބޭރަށް ނިކުތުމުންވެސް އިތުރަށް ސްޓްރެސް ބޮޑުވާނެ ކަމަށް ޤަބޫލުކުރާ ބައެކެވެ. އެހެންނަމަވެސް މިއީ ކުށްހީއެކެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ބޭރު ތެރެއަށް ނިކުމެ އުޅެލުމުގެ ސަބަބުން ތަފާތު ކަންކަމާއި މަޝްޢުލޫވެ ފިކުރު ބޮޑުވާ ކަންކަމުން އިސާހިތަކު ދުރުކޮށްދެއެވެ. އަދި ގިނަ ދުވަހު ރިހުން ހުންނަ ނަމަ އެފަދަ ކަންކަމުންވެސް ދުރުކޮށްދެއެވެ. އަދި ބޭރުތެރެއަށް ނިކުމެ ކަސްރަތުކޮށްލުމަކީ ފޯނު ފަދަ ތަކެތިން ދުރުކޮށް ތިމާގެ އަމިއްލަ ނަފްސާއި މެދު ވިންނާލަން ލިބޭނެ ވަގުތުކޮޅަކަށް ވެގެންދެއެވެ.
މިކަންކަމަށްވުރެ އެންމެ ރަނގަޅު ގޮތަކީ ފެހިކަން ހުންނަ ޕާކްތަކަށް ނުވަތަ ބަގީޗާތަކަށް ގޮސް ވަގުތުކޮޅެއް ހޭދަކޮށްލުމެވެ. މީގެތެރެއިންވެސް ގަސްތައް ގިނަ ނަމަ ސިކުނޑިއަށް ކުރާ އަސަރު ރަނގަޅުވެދެއެވެ.
އެންމެ ރަނގަޅު ގޮތަކީ ފެހިކަން ގަދަ ގަސްތައް ގިނަ ތަނަކަށް ދަތުރު ގޮސްލުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިގޮތަށް ދަތުރުދާން އެންމެ ރަނގަޅު ތަނަކީ ޖަންގައްޔެވެ.ނުވަތަ ވަލެވެ. މިފަދަ 'ފޮރެސްޓް ބާތިން' ނުވަތަ ޖަންގަލީގައި ފެންވެރުމަކީ ސްޓްރެސްއާއި ވަރަށް ދުރުވާނެ ކަމެކެވެ. 2010 ވަނަ އަހަރު ޖަޕާނުގެ ދަރިވަރުންތަކެއް ހެދި ދިރާސާއާއިން ޖަންގަލީގައި ގިނަ، ވަގުތު ހޭދަކޮށް ހިނގައި، ހެދުމުގެ ސަބަބުން ބްލަޑް ޕްރެޝަރ ދަށްވެ ސްޓްރެސް ހޯމޯން ހަމައަކަށް އަޅުވައިދެއެވެ.
މިދިރާސާއަށްފަހު މިގޮތަށް ޖަންގަލި އަދި ޕާކުތަކުގައި ވަގުތު ހޭދަކުރެވޭ ގޮތަށް ބައެއް ތަންތަންވެސް ވަނީ ފަރުމާކޮށްފައެވެ. މިފަދަ އެއް ތަނަކީ ބްލެކްބެރީ ފާމްއެވެ.
އެހެންކަމުން ސްޓެރެސްއިން ދުރުވުމަށް ޓެކްނޮލޮޖީއާއި ގުޅުން ހުރި ވަސީލަތްތައް ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން އިތުރަށް ސްޓްރެސް ބޮޑުވާނެ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް