ހައްދުންމަތީ ފޮނަދުއާއި އެއަތޮޅު ގަމާ ދެމެދު އޮންނަ ހައްދުންމަތީ ބޮޑުމަގު ހެދުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ އިފްތިތާހް ކޮށްދެއްވައިފި އެވެ.
މި މަޝްރޫއު ރައީސް ޔާމީން އިފްތިތާހް ކޮށްދެއްވީ އެކަމަށްޓަކައި އެއަތޮޅު ފޮނަދޫގައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާ ހައްދުންމަތީ ލިންކް ރޯޑަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ މަގެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހައްދުންމައްޗަކީ ތަރައްގީގެ ފުރުސަތު ބޮޑު އަދި މި ސަރުކާރާއި ޕީޕީއެމްގެ ހާއްސަ އަތޮޅެއް ކަމަށާއި އެސްއީޒެޑްގެ ދަށުން ހައްދުންމައްޗަށް ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް އޮތްތާންގައި އަންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް