ފެނިގެން މިދަނީ ރައީސްގެ ދުރު ވިސްނުންފުޅާއި ބޭރުގެ ގައުމުތަކާއި އޮންނަ ގާތް ގުޅުމުގެ ނަތީޖާ: ޓުއަރިޒަމް މިނިސްޓަރު

ހައްދުންމަތީ ބޮޑު މަގު ހެދުމުގެ މަޝްރޫއު ފެށިގެންދާއިރު ފެނިގެން މިދަނީ ރައީސް ޔާމީންގެ ދުރު ވިސްނުން ފުޅާއި ބޭރު ގައުމުތަކާއި އޮންނަ ގާތް ގުޅުމުގެ ނަތީޖާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ...

15 Dec 2014 | 17:11

ހައްދުންމަތީ ބޮޑު މަގު ހެދުމުގެ މަޝްރޫއު ފެށިގެންދާއިރު ފެނިގެން މިދަނީ ރައީސް ޔާމީންގެ ދުރު ވިސްނުން ފުޅާއި ބޭރު ގައުމުތަކާއި އޮންނަ ގާތް ގުޅުމުގެ ނަތީޖާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހައްދުންމަތީ ބޮޑުމަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކުރުމަށް އެ އަތޮޅު ފޮނަދޫގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފެނިގެން މިދާ ކުރިއެރުމުގެ ނަތީޖާއަކީ ރައީސް ޔާމީންގެ ސިޔާސަތުގެ ދަށުން 1 އަހަރު ތެރޭގައި ޗައިނާއަށް ވަޑައިގެން ޗައިނާގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ދެއްވި ދައުވަތާއި ބަދަހި ކުރެއްވި ގުޅުމުގެ ނަތީޖާ ކަމަށާއި މިފަދަ ޕްރޮޖެކްޓްތަކަށް ބާރަކަށްވީ ޗައިނާގެ ރައީސް ރާއްޖެ ވަޑައިގެން ހޭދަ ކުރެއްވި ދުވަސްތައް ކަމަށެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލާމު އަތޮޅަށް ނިސްބަތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ލާމު އަތޮޅަކީ އިގްތިސާދީ މަސައްކަތްތައް ކުރެވޭނެ އަތޮޅެއް ކަމަށާއި އެސްއީޒެޑްގެ ދަށުން އިންވެސްޓްމެންޓްތައް ގެންނަން ލާމަކީ ވަރަށް ފުރިހަމަ ބޮޑު އަތޮޅެއް ކަމަށެވެ.

އަދި އެއަތޮޅުގެ ފޮނަދޫއާއި އެރަށާއި އިންވެގެން އޮންނަ ގާދުއާ ދޭތެރޭގައި ބޮޑެތި މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށެވެ. އަދި އެކަމަށްޓަކާ މިހާރުވެސް ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަދީބު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްގީ މިދާ ސްޕީޑްގައި ކުރިއަށްދާނަމަ އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރައިގެންދާތަން ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް