ޗެމްޕިއަންސްލީގުގެ ގުރޫޕް ސްޓޭޖްނިމި ނޮކްއައުޓް ސްޓޭޖްގެ ގުރުއަތުލުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު ބަރސާ އަދި މެންޗަސްޓަރ ސިޓީ ބައްދަލުކުރަން ޖެހުނުއިރު ޗެލްސީ ވާދަކުރަން ޖެހެނީ ފްރާންސްގެ ޕީއެސްޖީއާއެވެ.
މީގެ އިތުރުން ގަދަ 16 ގެ އިތުރު މެޗުތަކަށް ބަލާލާއިރު، އަރސެނަލް ވާދަކުރަންޖެހެނީ މޮނާކޯއާއެވެ. ވޭތުވެދިޔަ އަހަރުގެ ރަނާސްއަޕް އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރަން ޖެހުނީ ބަޔާރން ލެވަރކޫސަންއާއެވެ.
އެންމެފަހުގެ ޗެމްޕިއަނުން ރިއާލް މެޑްރިޑް ވާދަކުރަަންޖެހެނީ ޝާލްކޭއާއެވެ. ޖުވެންޓަސްއިން ޖަރުމަނުގެ ބުރޫޝިއާ ޑޯރޓުމަންޑާ ވާދަކުރަން ޖެހޭއިރު ބަޔާރން މިއުކް ވާދަކުރަން ޖެހެނީ ޝަކްތަރ ޑޮނެކްސްއާއެވެ. ބާސެލް ނިކުންނާނީ ޕޯޓޯއާއި ދެކޮޅަށެވެ.
ގުރުއަތަށްފަހު މެންސިޓީގެ ފުޓުބޯޅަ ޑިރެކްޓަރ ބުނެފައިވަނީ ރޯމާގެ މައްޗަށް ހޯދި މޮޅާއެކު ކުޅުންތެރިންގެ ހިތްވަރު އާވެފައިވާކަމަށެވެ. އަދި ޗެލްސީގެ ސްޕޯރޓްސް ޑިރެކްޓަރ ބުނެފައިވަނީ ޕީއެސްޖީއާއި ޖެހުމުން އެއީ ސަޕޯރޓަރުންނަށް ހިތްހަމަޖެހުމެއް ކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސްލީގުގެ ނޮކްއައުޓް ސްޓޭޖުގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ 17 ފެބްރުއަރީ ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް