އެމްޑަބްލިއުއެސްސީއަށް ލިބުނު ގެއްލުންތަކުން އަރައި ގަތުމަށް ޖަޕާނުން އެހީ ދީފި

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނު ހާދިސާގައި ލިބުން ގެއްލުންތަކުން އަރައިގަތުމަށް ޖަޕާނު ސަރުކާރުން ރާއްޖެ އަށް 12.9 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއ...

15 Dec 2014 | 12:38

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނު ހާދިސާގައި ލިބުން ގެއްލުންތަކުން އަރައިގަތުމަށް ޖަޕާނު ސަރުކާރުން ރާއްޖެ އަށް 12.9 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.  ޖަޕާން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މޮބްހީޓޯ ޕޯބޯ  އެވެ.

މި ރަސްމިއްޔާތުގައި ދުންޔާ ވިދާޅުވީ ޖަޕާނުން ރާއްޖޭގެ ތަރައްގީ އާއި އިޖުތިމާއީ ކަންކަމުގައި މީގެ ކުރިން ވެސް ބޮޑެތި އެހީތެރިކަމެއް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް