މަޖިލީހަށް ހާޒިރު ނުވި މެމްބަރުންނާމެދު އެމްޑީޕީން މިރޭ ގޮތެއް ނިންމަނީ

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަންނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް އަމަލުކުރި ހަ މެމްބަރުންނާމެދު ގޮތެއް ނިންމުމަށް އެމްޑީ÷ޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ ބާއްވަން ނި...

15 Dec 2014 | 11:02

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަންނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް އަމަލުކުރި ހަ މެމްބަރުންނާމެދު ގޮތެއް ނިންމުމަށް އެމްޑީ÷ޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ މިރޭ 9:30 ގައި މާލޭ ސިޓީ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަކީ ގައުމީ މަޖިލީހުގެ 14 މެމްބަރަކު ސޮއިކޮށް ސިޓީއަކުން ހުށަހެޅުމުން ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންއާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާން ވަކި ކުރަން ނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް އަމަލު ކުރި ހަ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ގައުމި ހިންގާ ކޮމިޓީން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމައްސަލާގައި އެމްޑީޕީގެ ޕީޖީން ނިންމާފައިވަނީ ޖަލްސާއަށް ހާޒިރުވެ ނުފެންނަ ކަމަށް ވޯޓު ދިނުމަށެވެ. ޖަލްސާއަށް ވަޑައިނުގަންނަވަނީ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރާއި، ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްބާރީއާއި ވެލިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޔާމީނާއި، ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނަޒިމާއި، ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް