ހަނު ހުރުމުގެ ހައްގު އުނިކޮށް ގާނޫނު ފާސްކޮށްފި

ހަނު ހުރުމުގެ ހައްގު އުނިކޮށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް، ހުށަހެޅި އިސްލާހު މަޖިލީހުން ފާށްކޮށްފި އެވެ. ސަރުކާރުގ ެފަރާތުން ފޭދޫ ދާއުރާގެ މެނ...

15 Dec 2014 | 10:26

ހަނު ހުރުމުގެ ހައްގު އުނިކޮށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް، ހުށަހެޅި އިސްލާހު މަޖިލީހުން ފާށްކޮށްފި އެވެ.

ސަރުކާރުގ ެފަރާތުން ފޭދޫ ދާއުރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އެ ބިލް މަިލީހުން ފާށްކުރީ ފެންނަ ކަމަށް 47 މެންބަރުން ވޯޓު ދެއްވުމުންނެވެ. ދެކޮޅަށް 17 މެންބަރުން ވޯތު ދެއްވާފައިވެ އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވި އެވެ.

އެ ބިލްގައި ވާގޮތުން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމުގެ ހުއްދަ އޮވެ އެވެ. އަދި ތޫނު އެއްޗަކުން ހަމލަާއެއް ދީގެން މީހަކު މަރުވެއްޖެ ނަމަ ހަމަލާ ދިން މީހަކު އުމުރަށް ޖަލަށް ލެވޭނެ އެވެ.

އެ ބިލްގައި ވާގޮތުން އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ޝަރީއަތް 30 ދުވަސްތެރޭ ނިންމާ ހުކުމް ކުރެވެން ޖެހެ އެވެ.

ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގައި މިހާރު އޮތް ގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހަކަށް އަންނަ ހުކުމުގެ އެންމެ ކުރު މުއްދަތަކީ ހަތް އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް