މަސްތުވާތަކެއްޗާއެކު 17 އަހަރުގެ ކުއްޖަކު ހުޅުމާލެއިން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު 17 އަހަރުގެ ކުއްޖަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް...

15 Dec 2014 | 07:54

މަސްތުވާތަކެއްޗާއެކު 17 އަހަރުގެ ކުއްޖަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ 22:15 ހާއިރު ހުޅުމާލެ ނިރޮޅުމަގު 2 ނަންބަރު ބަސްޓޮޕް ކައިރިން ކަމަށެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅު ފެނިފައިވަނީ އޭނާ ހުއްޓުވައި ބަލައިފާސްކުރަން އުޅުމުން ސެލޯފިންކޮޅު ބިންމައްޗަށް ވައްޓާލިތަނުން ކަމަށާއި މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އިތުރުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ތަހުޤީޤް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް