އަޑުބަރޭ ނިއުރޭޑިއަންޓަށް ސޮއެކޮށްފި

ވޭތުވެދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު ގައުމީޓީމުގެ މިޑްފީލްޑަރ އައްސަދު އަލީ ( އަޑުބަރޭ) ނިއުއަށް ސޮއެކޮށްފިއެވެ. ނިއުގެ ވެބްސައިޓްއިން އެކަން ޔަގީން ކޮށްދީފައިވާއިރު، އައްސަދު ނިއުރޭޑިއަންޓާއއި ގުޅ...

15 Dec 2014 | 07:44

ވޭތުވެދިޔަ ސީޒަންގައި މާޒިޔާއަށް ކުޅުނު ގައުމީޓީމުގެ މިޑްފީލްޑަރ އައްސަދު އަލީ ( އަޑުބަރޭ) ނިއުއަށް ސޮއެކޮށްފިއެވެ.

ނިއުގެ ވެބްސައިޓްއިން އެކަން ޔަގީން ކޮށްދީފައިވާއިރު، އައްސަދު ނިއުރޭޑިއަންޓާއއި ގުޅިފައިިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ނިއު ރޭޑިއަންޓާއި ގުޅުމަށްފަހު އައްސަދު ބުނެފައިވަނީ އޭނާގެ ގާބިލުކަންހުރި ވަރަކުން އޭނާއަށް ދެއްކުނު އެންމެ މޮޅު ކުޅުން ނިއުގައި ދައްކާދޭނެ ކަމަށެވެ.

މިއީ މި ސީޒަން ކާމިޔާބުކަމާއެކު ނިންމާލި ނިއުއާއި މި ޓްރާންސްފާ ސީޒަންގައި ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. އައްސަދު ގުޅުމާއި ގުޅިގެން ނިއުގެ ޗެއަރމަން އަލީ ވަހީދް (ބަލަކް) ބުނެފައިވަނީ މިއީ ބޮޑުކަމެއްގެ ފެށުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް