ކްރޭނެއްގެ އެހީގައި ކައިވެންޏަށް ހުށައަޅަން އުޅުމުގެ ތެރޭގައި އަވައްޓެރިޔާގެ ގެ މައްޗަށް ކްރޭން ފުރޮޅާލައިފި

ނެދަރލޭންޑްސްގެ އަވަށެއް ކަމަށްވާ ސެލްސްޓެއިންގެ މީހަކު ކްރޭނެއްގެ އިހީގައި އޭނާގެ ލޯބިވެރިޔާއަށް ކައިވެނި ހުށައަޅަން އުޅުމުގެ ތެރޭގައި އަވައްޓެރިޔާގެ ގެ މައްޗަށް ކްރޭން ފުރޮޅާލައިފިއެވެ. ފިރިހެން މީހ...

15 Dec 2014 | 07:35

ނެދަރލޭންޑްސްގެ އަވަށެއް ކަމަށްވާ ސެލްސްޓެއިންގެ މީހަކު ކްރޭނެއްގެ އިހީގައި އޭނާގެ ލޯބިވެރިޔާއަށް ކައިވެނި ހުށައަޅަން އުޅުމުގެ ތެރޭގައި އަވައްޓެރިޔާގެ ގެ މައްޗަށް ކްރޭން ފުރޮޅާލައިފިއެވެ.

ފިރިހެން މީހާ އޭނާގެ ލޯބިވެރިޔާއަށް " ސަޕްރައިޒް"އެއްގެ ގޮތުން ލޮބިވެރިޔާގެ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ކްރޭންގެ އެހީގައި ގާތްކޮށް ލަވައަކާއެކު ކައިވެނި ހުށައަޅަން ރާވާފައި އޮތްނަމަވެސް، ކަން ވެގެންދިޔައީ ހިކުރި ގޮތާއި ހިލާފަށެވެ. އެގޮތުން ޖެހިގެންހުރި އަވައްޓެރިޔާގެ ގެ މައްޗަށް ކްރޭން ފުރޮޅާލާ އެގެއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކްރޭން ފުރަޅާލުމަށްފަހު ކައިރި ގެތަކުންވަނީ މީހުން ބޭރުކޮށް ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައެވެ. ކްރޭން ނަގަން އުޅުމުގެ ތެރޭގައިވަނީ އިތުރަށް ފުރޮޅާލާ ގެއްލުންތަކެއްވެފައެވެ.

މިފަދަ ގޮތަކަށް " ޕްރޮޕޯސަލް" ދިޔަނަމަވެސް ލޯބިވެރިޔާވަނީ ކައިވެއްޏަށް އާއެކޭ ބުނެފައެވެ. ދެމީހުން އެންގޭޖްވެ މިހާރު ދަނީ ފްރާންސްގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް