އެމްޑީޕީއާއި ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ޕީޖީ އީސީގައި އެދިއްޖެ

ރާއްޖޭގެ ވެރިކަމުން ރައީސް އަބްދުﷲ ޔާމީން އިސްތިއުފާދެއްވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑާ ގާސިމް އިބްރާހީމާއި ވެރިކަން ހާވާލު ކުރުމަށް ގޮވާލާ އެމްޑީޕީން ފާސްކުރި ގަރާރާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅެއް...

15 Dec 2014 | 07:32

ރާއްޖޭގެ ވެރިކަމުން ރައީސް އަބްދުﷲ ޔާމީން އިސްތިއުފާދެއްވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑާ ގާސިމް އިބްރާހީމާއި ވެރިކަން ހާވާލު ކުރުމަށް ގޮވާލާ އެމްޑީޕީން ފާސްކުރި ގަރާރާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅެއް އަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އެދިވަޑައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ސުލައިމާނަށް އެޑްރެސްކޮށް ޕީޖީ  މިއަދު ފޮނުއްވާފައިވާ އެ ސިޓީގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ރައީސަކު އިންތިހާބު ކުރަންޖެހޭ އިޖުރާތުތަކާއި  ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި މައްސޫލުިއްޔަތުތައް އުފުލަންޖެހޭ ގޮތް ރާއޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ޕީޖީ ވިދާޅުވެފައިވަނީ ރައީސަކު ނެތް ވަގުތެއްގައި ވަގުތީގޮތުން ޒިންމާ އުފުއްލަވަންޖެހޭ ބޭފުޅުންވެސް ބަޔާންކޮށްފައިވަނިކޮށް ގާނޫނު އަސާސީއާއި ހިލާފަށް ވަކި ފަރާތަކަށް ވެރިކަމުގެ ބާރުތައް ހަވާލު ކުރުމަށް ސިޔާސީ ޕާޓިތަކުން ގަރާރުތައް ފާސްކުރުމަކީ މުޖުތަމައުގެ މަސްލަހަތު އޮތް ކަމެއް ކަމަށް ފެނިވަޑައި ނުގެންނަވާ ކަމަށެވެ.

އެހެނަްކަމުން  އެފަދަ ފަރާތްތައް ޒިންމާދާރު ކުރުވުމުގެ ގޮތުން ގާނޫނީގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ޕީޖީ މުހުތާޒު އެދިވަޑައިގެންފައި ވެއެވެ.

އެ ސިޓި ސޯޝަލް  މީޑިއާގައި އާންމުވެފައިވާއިރު، މިފަހަކަށް އައިސް ސަރުކާރު ނިންމުންތަކާއި ރައީސް ޔާމީން ރާއްޖޭން ބޭރަށް ނުރަސްމީ ދަތުރުފުޅު ކުރައްވާލެއް ގިނަކަމަށް ބުނެ އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ސަރުކާރަށާއި ރައީސް ޔާމީނަށް ފާޑު ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް