ސްޕެނިޝްލަލީގާގައި ރޭ ކުޅުނު މެޗުން ބަލިވެ އެތްލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ބަލިނުވެ 28 މެޗުގެ ރެކޯރޑެއް ދަމަހައްޓަމުން އަންނަ އެތްލެޓިކޯ މެޑްރިޑް ވިލަރެއާލް އަތްދަށުވެ ބަލުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
އެތްލެޓިކޯ މެޑްރިޑަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީި ކުރީގެ ބަޔަރން ފޯވަރޑް މާރިއޯ މަންޒޫކިޗަށެވެ.
ވިލަރެއާލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދީފައިވަނީ ލޫސިއާނޯ ވިއެއްޓީއެވެ. ޒުވާން ފޯވަރޑް ވިއެއްޓީއަށް ފުރަތަމަ ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ހޯދައިދީފައިވަނީ އެތްލެޓިކޯގެ މިހާރު ކޯޗު ޑިއޭގޯ ސިމިއޯނީއެވެ. މެޗަށްފަހު ވިއެއްޓީވަނީ އަދިވެސް އެކަމަށް އޭނާ ސިމިއޯނީއަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ.
މެޗުން ބަލިވުމާއެކު ލަލީގާގެ 2 ވަނައިގައިވާ ބަރސާއާއި އެތްލެޓިކޯގެ ފަރަގްވަނީ 3 ޕޮއިންޓަށް ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް