ލާމު ލިންކްރޯޑްގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމަށް ރައީސް ޔާމީން ލާމަށް

ލާމު ލިންކްރޯޑްގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމަށް ރައީސް ޔާމީން މިއަދު ލާމު އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އެ އަތޮޅު ކައުންސިލުން ވިދާޅުވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ހައް...

15 Dec 2014 | 06:26

ލާމު ލިންކްރޯޑްގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމަށް ރައީސް ޔާމީން މިއަދު ލާމު އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އެ އަތޮޅު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވީ ރައީސް ޔާމީން އެ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ އަރިހުގައި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުވެސް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް އާމިރު ވިދާޅުވިއެވެ.

"ލިންކްރޯޑް މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 08:30ގައި ފޮނަދޫ ބަނދަރު ސަރަހައްދުގައި، ރައީސް ޔާމީންގެ އަރިހުގައި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުއާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތޮއްޔިބުއާއި އިތުރު ބައެއް ބޭފުޅުން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ" އާމިރު ވިދާޅުވިއެވެ.

އާމިރު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ދަތުރުފުޅުގައި ލ.ގަމުގައި ސީހައުސް އިން އަޅާފައިވާ ގެސްޓްހައުސްވެސް ރައީސް ޔާމީން ހުޅުވާދެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެ ގެސްޓްހައުސް ހުޅުވާދެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށްވެސް އާމިރު ވިދާޅުވިއެވެ.

ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ ލިންކް ރޯޑަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ.

މި މަގުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު މިމަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ. އެ މަޝްރޫގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް