އިނގެރޭސި ޕްރިމިއަރލީގު: ލިވަރޕޫލް ބަލިކޮށް ޔުނައިޓެޑް 3 ވަނައިގައި ހަމަޖެހިލައިފި

އިނގެރޭސި ޕްރިމިއަރލީގުގައި ރޭ މެންޗަސްޓަރ ޔުނައިޓެޑުން ލިވަރޕޫލްގެ މައްޗަށް ކުރިހޯދާ ޕޮއިންޓަ ތާވަލުގެ 3 ވަނައިގައި ހަމަޖެހިލައިފިއެވެ. އޯލްޑް ޓްރެފޯރޑްގައި ކުޅުނު މެޗު މެންޗަސްޓަރ ޔުނައިޓެޑުން ކާމިޔ...

15 Dec 2014 | 06:00

އިނގެރޭސި ޕްރިމިއަރލީގުގައި ރޭ މެންޗަސްޓަރ ޔުނައިޓެޑުން ލިވަރޕޫލްގެ މައްޗަށް ކުރިހޯދާ ޕޮއިންޓަ ތާވަލުގެ 3 ވަނައިގައި ހަމަޖެހިލައިފިއެވެ.

އޯލްޑް ޓްރެފޯރޑްގައި ކުޅުނު މެޗު މެންޗަސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ލިވަރޕޫލްއިންނެވެ. ނަމަވެސް މެންޗަސްޓަރ ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެހެއާވަނީ މެޗުގައި މޮޅު ކުޅުމެއްދާ ގިނަ ސޭވްތަކެއް ކޮށްފައެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ ޑެހެއާއެވެ.

މެޗުގެ 12 ވަނަ މިނެޓުގައި އޯލްޑް ޓްރެފޯރޑް ގުގުމާލީ ކެޕްޓަން ވޭން ރޫނީގެ ގޯލުންނެވެ. އަބަދުވެސް އިނގެރޭސި ފުޓުބޯޅައިގެ ގަދަ ދެބާރުކަމުގައިވާ ޔުނައިޓެޑް އަދި ލިވަރޕޫލް ބައްދަލުކުރި މެޗުގެ 2 ވަނަ ގޯލައަކީ ހުއާން މަޓާ އޮފްސައިޑް މަގާމެއްގައި ހުރެ ބޮލުން ފޮނުވާލި ހަމަލާއެކެވެ.

މެޗަށް ލިވަރޕޫލް ނިކުމެފައިވަނީ އާމުކޮށް ގޯލް ބަލަހައްޓަމުންދާ މިންޔޮލެޓްގެ ބަދަލުގައި ޖޯންސްއާ އެކުގައެވެ. ލިވަރޕޫލްގެ ކޯޗު ރޯޖަރސް ބުނެފައިވަނީ މިންޔޮލެޓް ހުރީ ފޯރމްގައި ނޫންކަމަށެވެ.

ޔުނައިޓެޑަށް ލީޑު އިތުރަށް ފުޅާކޮށްދީފައިވަނީ ފޯވަރޑް ރޮވިން ވެން ޕަރސީއެވެ.

މިއީ ޔުނައިޓެޑް ޖެހިޖެހިގެން މޮޅުވި 6 ވަނަ މެޗެވެ. މެޗުން ބަލިވެ ލިވަރޕޫލްވަނީ އިނގެރޭސި ލީގު ތާވަލުގެ 10 ވަނައަށް ވެއްޓިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް