ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލިގެން ހޯދަމުން އަންނަ ސ.ހިތަދޫ، ވެސްޓްބީޗް، އަހުމަދު މިޝްފާގް އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ އުމުރުން 28 އަހަރުގެ މީހާ ހޯދުމުގެ މަސައްކަތް ހުކުރު ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަދި އޭނާ ނުފެންނަ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އަހުމަދު މިޝްފާގް ގެއްލުނުކަން އެނގުނީ ރޭގަނޑު ބޭސް ދިނުމަށް ބެލިއިރު ނެތުމުން ކަމަށެވެ. އަދި މިޝްފާގް ހޯދުމަށް ގުރައިދޫގެ ރަށުތެރެއާއި މޫދު ބަލަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް