ސައުދީގަ ގާނޫނާއި ހިލާފަށް އުޅޭ 11،000 އަށްވުރެ ގިނަ ބިދޭސީން ހަފުތާއެއް ތެރޭގަ ހައްޔަރުކޮށްފި

15 Nov 2026 | 22:35
ގަވައިދާ ހިލާފަށް ސައުދީގައި އުޅުނު 11،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފައި --

ގަވައިދާ ހިލާފަށް ސައުދީގައި އުޅުނު 11،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފައި --

ސަޢޫދީ ޢަރަބިއްޔާގައި ގާނޫނާއި ހިލާފަށް އުޅެމުން ދިޔަ 11،952 ބިދޭސީން ހައްޔަރުކޮށްފި އެވެ.

ސަލާމަތީ ބާރުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައޖ ޢެމީހުންނަކީ ނޮވެމްބަރު 5-11 ވަނަ ދުވަހާ ހަމައަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އަތުލައިގަތް މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިޤާމާ އާއި ވަޒީފާ އަދި ބޯޑަރު ޤާނޫނުތައް މުގުރައިލި މީހުން ކަމަށް ބުނެ އެވެ..

Advertisement

އެގޮތުން އިޤާމާގެ ޤާނޫނާ ޚިލާފުވި 6,163 މީހުންނާއި، ބޯޑަރު ސެކިއުރިޓީ ޤާނޫނާ ޚިލާފުވި 3,225 މީހުންނާއި، ވަޒީފާގެ ޤާނޫނާ ޚިލާފުވި 2,564 މީހުން ހިމެނެއެވެ. ސަޢޫދީ ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި، ޤައުމުގެ ތެރެއަށް ޣައިރު ޤާނޫނީ ގޮތެއްގައި ވަންނަން އުޅެނިކޮށް 1,653 މީހަކު ހިފެހެއްޓި އިރު، ޤައުމުން ބޭރަށް ނިކުންނަން އުޅެނިކޮށް 29 މީހަކު ހައްޔަރު ކުރެވުނެވެ.

ޣައިރު ޤާނޫނީ ގޮތެއްގައި ތިބި 11,418 މީހަކު ޑީޕޯޓުކޮށްފައިވާ އިރު، ދަތުރުކުރުމުގެ ލިޔެކިޔުންތައް ހޯދުމަށް 22,451 މީހަކު އެ ބައެއްގެ ޑިޕްލޮމެޓިކް މިޝަންތަކާ ހަވާލުކޮށްފައިވެއެވެ. ދަތުރު ރިޒަވޭޝަން ނިންމުމަށް 9,800 މީހަކު ފޮނުވާފައިވެއެވެ.

ޤާނޫނާ ޚިލާފު ބިދޭސީންނަށް ދަތުރުފަތުރާއި ބޯހިޔާވަހިކަމާއި ވަޒީފާ ހޯދައިދިން 15 މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުން 38,383 ފިރިހެނުންނާއި 2,379 އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 40,762 ބިދޭސީންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަރުޙަލާ ކުރިއަށް ދާ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފައިވެއެވެ.

ޤާނޫނާ ޚިލާފަށް ސަޢޫދީ ޢަރަބިއްޔާއަށް މީހުން ވެއްދުމާއި، އެ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި، ބޯހިޔާވަހިކަން ނުވަތަ އެ ނޫން ވެސް ޚިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ނަމަ 15 އަހަރާ ހަމައަށް ޖަލު ޙުކުމެއް އަދި އެއް މިލިއަން ސަޢޫދީ ރިޔާލާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން އިންޒާރު ދީފައިވެއެވެ. އެ ކުށުގައި ބޭނުންކުރާ ވެހިކަލާއި ބޯހިޔާވަހިކަން ދިނުމަށް ބޭނުންކުރާ ގެ މުސާދަރާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޤާނޫނާ ޚިލާފުވާ މައްސަލަތައް ރިޕޯޓުކުރުމަށް މައްކާ، ރިޔާޛް އަދި އިރުމަތީ ޕްރޮވިންސްގައި 911 އަށް، އެ ނޫން ސަރަހައްދުތަކުގައި 999 ނުވަތަ 996 އަށް ގުޅުމަށް ދާޚިލީ ވުޒާރާއިން ވަނީ ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް