ފުލުހުންގެ ތަމްރީނުތަކުގައި 'އިހުތިރާމު' ގެ ނަމުގައި މޮޑިއުލެއް ހިމަނަން ނިންމައިފި

15 Nov 2026 | 21:56
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު - ފޮޓޯ: ޕޮލިސް

ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު - ފޮޓޯ: ޕޮލިސް

ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ އިހުތިރާމް އަދާކުރުމުގެ ކެމްޕޭނާ ގުޅުވައިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ތަމްރީނު ޕްރޮގްރާމްތަކުގައި އިހުތިރާމާ ބެހޭ ވަކި މޮޑިއުލެއް ހިމެނުމަށް ކޮމިޝަނަރ އޮފް ޕޮލިސް މިއަދު އިއުލާނުކުރައްވައިފިއެވެ.

ސީޕީ ޢަހުމަދު މިކަން އިއުލާނުކުރެއްވީ ޅ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި އެވެ.

Advertisement

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ އިތުރުން ޚާއްޞަ އޮޕަރޭޝަނަލް އަދި ފަންނީ ތަމްރީނުތަކުގައި ވެސް މި މޮޑިއުލް ކިޔަވައިދޭނެ ކަމަށެވެ. މި ބަދަލާ އެކު ފުލުހުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި، ފަންނީ މިންގަނޑުތައް ދެމެހެއްޓުމާއި، އިންސާނީ ކަރާމާތް ޙިމާޔަތްކުރުމުގެ ސިފަ އިތުރަށް އަށަގެންނެވުމަށް މަގުފަހިވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި ހިމެނޭ އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. މި މަޝްރޫޢު ހިންގުމުގެ ބޭނުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮވެ، ފަހަކަށް އައިސް ފަނޑުވަމުން އަންނަ ރިވެތި އަޚުލާޤީ ސިފަތައް އަލުން ދިރުވައި އާލާކުރުމެވެ.

މި ޕްރޮގްރާމުގެ ދަށުން ރާވާ ހަރަކާތްތައް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ އިރު، ކަމާ ގުޅުން ހުރި ވުޒާރާތަކާއި މުއައްސަސާތައް ހިމެނޭ ނުވަ މެންބަރުންގެ ޚާއްޞަ ކޮމިޓީއަކުން އެ މަސައްކަތް ވިލަރެސްކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް