މާލެއިން ތިލަފުއްޓަން ކޮންޓެއިނަރު އުފުލައިދޭ އެމްޕީއެލްގެ އަގުތައް އާންމުކޮށްފި

15 Nov 2026 | 18:41
އެމްޕީއެލް ތިލަފުށީ ބަނދަރުގައި ކޮންޓެއިނަރެއް އުފުލަނީ -- ފޮޓޯ: އެމްޕީއެލް

އެމްޕީއެލް ތިލަފުށީ ބަނދަރުގައި ކޮންޓެއިނަރެއް އުފުލަނީ -- ފޮޓޯ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނަރު އުފުލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް )އެމްޕީއެލް( އިން ކަނޑައަޅާފައިވާ އަގުތައް އާންމުކޮށްފި އެވެ.

މާލޭ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން މުދަލާ އެކު ހުރި ގޮތަށް ކްލިއާ ކުރާ އެފްސީއެލް ކޮންޓޭނަރުތަކުގެ ޚިދުމަތް ފެށީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

Advertisement

އެ ދުވަހުން ފެށިގެން އިއްޔެ އާއި ހަމައަށް ހާއްސަ އަގުގެ ގޮތުގައި މާލެއިން ތިލަފުއްޓަށް ކޮންޓެއިނަރު ގެންގޮސް ދިނުމަށް އެމްޕީއެލްއިން ނެގީ މާލެއިން ހުޅުމާލެއަށް ކޮންޓެއިނަރު ނަގަމުންދާ އަގެވެ. ނަމަވެސް މިއަދުން ފެށިގެން ނަގާނީ އެ ހިދުމަތަށް ކަނޑައަޅާފައިވާ އަގުތައް ކަމަށް އެމްޕީއެލްއިން ބުނެފައިވެ އެވެ.

އެގޮތުން އާ ރޭޓްތަކުގެ ދަށުން 20 ފޫޓުގެ ކޮންޓޭނަރަކަށް މިއަދުން ފެށިގެން ނަގާނީ 1،500 ރުފިޔާއެވެ، އަދި 40 ފޫޓުގެ ކޮންޓޭނަރަކަށް ނަގާނީ 3،000 ރުފިޔާ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

މާލެއާއި ތިލަފުއްޓާ ދެމެދުގައި ހުރި ދުރުމިނަށް ރިޢާޔަތްކޮށް، މި ޚިދުމަތަށް އެކަށީގެންވާ އަގުތަކެއް ކަނޑައެޅުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް