ގޫގުލް ޕިކްސެލް ގެންގުޅޭ އުރީދޫ ކަސްޓަމަރުންނަށް 5ޖީ ދޭން ފަށައިފި

15 Nov 2026 | 19:41
ފޮޓޯ: އުރީދޫ

ފޮޓޯ: އުރީދޫ

ގޫގުލް ޕިކްސެލް މޮޑެލްތަކުގެ ފޯނު ގެންގުޅޭ ކަސްޓަމަރުންނަށް އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ޚިދުމަތް ދޭން މިއަދު ފަށައިފިއެވެ.

މި ބަދަލު ގެނެސްފައި ވަނީ މި މަހު ގޫގުލް އިން ނެރުނު އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓާ ގުޅިގެންނެވެ. އެ ކުންފުނިން ބުނީ 5ޖީ ނެޓްވޯކް ކަވަރޭޖް އޮތް ކޮންމެ ސަރަހައްދަކުން ވެސް މި ޚިދުމަތް ބޭނުންކުރެވޭނެ ކަމަށެވެ. ޚިދުމަތް ހޯދުމަށް ކަސްޓަމަރުން ޖެހެނީ ފޯނުގެ ސޮފްޓްވެއާ އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓް ކުރުމަށް ފަހު މޮބައިލް ނެޓްވޯކް ސެޓިންސް އިން 5ޖީ ޖައްސާލާށެވެ.

Advertisement

މީގެ އިތުރުން ވޮއިސް އޯވާ އެލްޓީއީ (ވީއޯއެލްޓީއީ) ވެސް މި އަޕްޑޭޓާ އެކު ބޭނުންކުރެވެން ފެށޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ. އެ ޚިދުމަތުގެ ސަބަބުން 4ޖީ ނެޓްވޯކް މެދުވެރިކޮށް ކުރާ ފޯނު ކޯލުތަކުގެ ކޮލިޓީ ރަނގަޅުވެ، ސާފުކޮށް ވާހަކަ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

5ޖީ އާއި ވީއޯއެލްޓީއީ ސަޕޯޓް ކުރާ މޮޑެލްތަކުގެ ތެރޭގައި ޕިކްސެލް 7، ޕިކްސެލް 8، ޕިކްސެލް 9، ޕިކްސެލް 10 އަދި ޕިކްސެލް 11 ހިމެނެއެވެ. އެ ސީރީޒްތަކާ އެކު ޕިކްސެލް ފޯލްޑް ޑިވައިސްތަކާއި، އޭ-ސީރީޒް އަދި ޕްރޯ ފޯލްޑް މޮޑެލްތައް ވެސް މި ޚިދުމަތް ލިބޭ ފޯނުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް