ވަރުން ދަވަން --
ބޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޔާޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން އެ ސްޓޫޑިއޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއް އުފައްދަން ނިންމައިފި އެވެ،
އެ ފިލްމު އުފައްދާކަން އިއުލާނުކޮށް ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ވަރުން ދަވަންކަން އެ ކުންފުނިން ވަނީ އިއުލާނުކޮށްފައި އެވެ.
ރޮމޭންސް، އެކްޝަން، ކޮމެޑީ އަދި ތްރިލާ ފަދަ ތަފާތު ރަހަތަކުގެ ފިލްމު އުފައްދައިގެން މަޝްހޫރުކަން ހޯދާފައިވާ ވައިއާރުއެފުން ބިރުވެރި ފިލްމެއް ސިނަމާތަކަށް ގެންނަ މިއީ ފުރަތަމަ ފަހަރެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ 'ރޮކެޓް ބޯއީޒް' ސީރީޒުން މަޝްހޫރުކަން ހޯދި އަބީ ޕައްނޫއެވެ. އަބީ ޕައްނޫ މި ފިލްމު ޑައިރެކްޓު ކުރުމުގެ އިތުރުން ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔެފައިވާ އިރު، މިއީ އޭނާގެ ފިލްމެއް ބޮޑު ސްކްރީނުގައި އަޅުވާ ފުރަތަމަ ފަހަރެވެ.
އަދިތިޔާ ޗޯރާ ގެ އިރުޝާދުގެ ދަށުން ތައްޔާރުކުރާ މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ވައިއާރުއެފްގެ ސީއީއޯ އަކްޝޭ ވިދާނީއެވެ. ވައިއާރުއެފުން ބުނާ ގޮތުގައި، އެ ސްޓޫޑިއޯގެ ސިގްނެޗާ ސްކޭލާއި ސިނެމެޓިކް ވިޝަން ބިރުވެރި ތަޖުރިބާއަކަށް ގެނެސް، ބޮޑު ސްކްރީނަށް ޚާއްޞަކޮށް ފަރުމާ ކުރެވޭނެއެވެ.
ވަރުން ދަވަންއާ ގުޅޭ ގޮތުން ބަލާ އިރު، ވައިއާރުއެފާ އެކު އޭނާ މަސައްކަތް ކުރާ މިއީ ދެވަނަ ފަހަރެވެ. ކުރިން އޭނާ ފެނުނީ އެ ޕްރޮޑަކްޝަންއާއި އެކު މަޖާ ފިލްމަކުންނެވެ.
ޔަޝް ރާޖްގެ ފުރަތަމަ ބިރުވެރި ފިލްމުގެ ނަމާއި ފިލްމާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ. އަދި ވަރުންގެ އިތުރުން ފިލްމަށް ނަގާ ކާސްޓުންނާއި ގުޅޭ މައުލޫމާތުވެސް އަދި ހާމައެއް ނުކުރެ އެވެ.
މި ފިލްމު ދުނިޔޭގެ ސިނަމާތަކުގައި ދެއްކުމަށް ހަމަޖައްސާފައި ވަނީ 2028 ވަނަ އަހަރުގެ މާރިޗު 31 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް