ނެވާން ނިގަމް --
ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްގެ ދަރިފުޅުނު ނެވާން ނިގަމް މިއުޒިކް ދާއިރާއަށް ނުކުމެއްޖެ އެވެ..
އޭނާ އެ ދާއިރާއަށް ރަސްމީކޮށް ނުކުމެފައި މިވަނީ އުމުރުން 19 އަހަރުގައި އެވެ. އޭނާގެ މިއުޒިކީ ދަތުރު ފެށިކަން އިއުލާނު ކުރީ 'ސްލައިޑް' ގެ ނަމުގައި ޝޯޓް ފިލްމަކާ އެކުއެވެ.
ސޯނޫ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި، ކުޑައިރު ބައްޕަ ކުރިމަތީ ލަވައެއް ކިޔާލަންވެސް ޖެހިލުންވި ނެވާން މިހާރު ވޯކަލް ކޯޗުގެ ކައިރިން ދުވާލަކު 16 ގަޑިއިރު ފަރިތަކުރަމުން ދާކަމަށް ބުނެފައިވެ އެވެ. ސްޓޫޑިއޯގައި ޕޫ ބެއާ އާ އެކު ރެކޯޑިންގ ހަދާ ހިސާބަށް ކުރިއަރާފައިވާ ގޮތް ސިފަކޮށްފައިވެއެވެ.
ސޯނޫނިގަމް ބުނީ މީގެ ކުރިން ތިން މިނެޓު ޖޮގިންކޮށްލަންވެސް ދަތިވި ކުއްޖާ މިހާރު ގަޑިން ގަޑިއިރަށް ނެށުން ފަރިތަކުރާ ކަމަށެވެ.
ނެވާންގެ މިއުޒިކީ ދަތުރު ފެށިފައި އޮތީ ވަރަށް ކުޑައިރުއެވެ. އުމުރުން ހަތަރު އަހަރުގައި ސްޓޫޑިއޯގައި ރެކޯޑިންގ ހެދި ކަމަށާއި، ހަތަރު އަހަރާއި ބައިގައި ބައްޕަގެ ލަވަ 'އަބީ މުޖް މެ ކަހީން' ސްޓޭޖުގައި ކިޔާފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. ސޯނޫ ވަނީ ފޭނުންގެ ފަރާތުން ނެވާންއަށް ލޯތްބާއި ހެޔޮ ދުއާ ދިނުމަށް އެދިފައެވެ.
'ސްލައިޑް' އަކީ ނެވާންގެ ފުރަތަމަ ބޮޑު މަސައްކަތެވެ. މި ކުރު ފިލްމުގެ ކޮންސެޕްޓް ތައްޔާރުކުރީ ނެވާން އަމިއްލައަށެވެ.
ފިލްމު ކޯ ޑައިރެކްޓް ކޮށްފައިވަނީ އެލެކްޒެންޑާ ކޮބިއަން އާ ގުޅިގެންނެވެ. ފިލްމުގެ މިއުޒިކް ހަދާފައިވަނީ ދި އޯޑިބަލްސް އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް