ދަރިން ގޯހުން ކަމެއް ކުރިޔަސް ރަނގަޅު ކުރަން ނުބުނެދޭ ކަމަށް ސުނިލް ޝެޓީ ބުނެފި

14 Nov 2026 | 01:03
ސުނިލް ޝެޓީ އަންހެނުންނާއި ދެ ދަރިންނާއި އެކު --

ސުނިލް ޝެޓީ އަންހެނުންނާއި ދެ ދަރިންނާއި އެކު --

ބޮލީވުޑް އެކްޓަރު ސުނީލް ޝެޓީ އޭނާގެ ދެ ދަރީން ކަމުގައިވާ އަތިޔާ ޝެޓީ އާއި އަހާން ޝެޓީގެ ދިރިއުޅުމުގެ ވައްޓަފާޅިއާ މެދު ފަޚުރުވެރިވާ ކަމަށް ބުނެ، ޒުވާން ޖީލުގެ ފަރާތުން އަބަދުވެސް އާ ކަންކަން ދަސްކުރަމުންދާ ކަމަށް ބުނެފިއެވެ.

އުމުރުން 65 އަހަރުގެ ސުނީލް ޝެޓީ ބުނީ އޭނާގެ ދެ ދަރީންގެ ކިބައިގައި ހުންނަ އަމިއްލަ ނަފުސަށް އޮންނަ ޔަގީންކަމާއި، ކަންކަން ސާފުކޮށް ފެންނަ ގޮތާއި، އަމިއްލަ ޝަރުތުތަކާ އެއްގޮތަށް ދިރިއުޅެމުންދާ ގޮތް ފެނިފައި އޭނާ ހައިރާންވާ ކަމަށެވެ.

Advertisement

ޚާއްޞަކޮށް ފިރިހެން ދަރިފުޅު އަހާންގެ ހަރުދަނާކަމާއި ކެތްތެރިކަމާއި ކަންކަމުގައި ގެންގުޅޭ ހަމަޖެހޭ ވިސްނުން ޝެޓީ ފާހަގަކުރެއެވެ. ޝެޓީ ބުނާ ގޮތުގައި އެ އުމުރުގައި އޭނާ ހުރީ ރުޅިގަދަ، ކެތްމަދު ޒުވާނެއްގެ ގޮތުގައެވެ.

ދަރީން އޭނާގެ ފިޔަވަޅުމަތީ ހިނގަންޖެހޭ ކަމުގެ އިހުސާސެއް ކުރުވަން ބޭނުން ނުވާ ކަމަށް ވެސް ޝެޓީ ބުންޏެވެ. އޭގެ ބަދަލުގައި، އަމިއްލައަށް ނިކުމެ އެ މީހުންގެ އަމިއްލަ ކާމިޔާބީ ހޯދުމަށް ޝެޓީ ބާރު އަޅައެވެ. ގޯސް ހެދުމަށް ވެސް ޖާގަ ދޭންޖެހޭ ކަމަށް ޝެޓީ ގަބޫލުކުރެއެވެ.

ޝެޓީ ބުނީ ދަރީން ކުރަން ބޭނުންވާ ކަމެއް އޭނާ ނުހުއްޓުވާ ކަމަށާއި، ނާކާމިޔާބީގެ ތެރެއިން ދަރީންނަށް އެންމެ ބޮޑެތި ފިލާވަޅުތައް ދަސްވާ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެހެންނަމަވެސް ދަރީންގެ ކަންކަމުގައި ވަރަށް ބޮޑަށް ހިތުގައި ކަންބޮޑުވުންތައް އަބަދުވެސް އޮންނަކަމަށެވެ.

މިހާރު "ބާރަތު ކޭ ސުޕާ ފައުންޑާޒް" ހޯސްޓުކުރަމުންދާ ޝެޓީ ވަނީ ވިޔަފާރީގެ ދާއިރާއާ މެދު ޝައުގުވެރިކަން ބޮޑުވަމުންދާ ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް