ހިންދުސްތާން އެއަރޮނޮޓިކްސް އަސްކަރީ އުޅަނދެއް އުފައްދަނީ --
މަތިންދާބޯޓު އުފައްދާ އިންޑިއާ ސަރުކާރު ކުންފުނި ހިންދުސްތާން އެއަރޮނޮޓިކްސް އަށް މިއަހަރުގެ މާލީ އަހަރުގެ ދެވަނަ ކުއާޓަރގައި ލިބުނު ފައިދާ 16 އިންސައްތަ އިތުރުވެއްޖެއެވެ.
ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމުނު ކުއާޓަރުގައި އެކުންފުންޏަށް ޓެކްސްއަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 19.36 ބިލިއަން ރުޕީސް (206.75 މިލިއަން އެމެރިކާ ޑޮލަރު) ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އެކުންފުންޏަށް ލިބިފައިވަނީ 16.69 ބިލިއަން ރުޕީސް އެވެ.
ކުންފުނީގެ އާމްދަނީ 15 އިންސައްތައަށް އުފުލި، 76.13 ބިލިއަން ރުޕީސްއަށް އެރިއެވެ.
ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު، ސަރުކާރުތަކުން ދިފާޢީ ކަންކަމަށް ކުރާ ހޭދަ އިތުރުވެފައިވާ މި ދަނޑިވަޅުގައި، ހިންދުސްތާން އެއަރޮނޮޓިކްސްއަށް ލިބޭ އޯޑަރުތައް ދަނީ އިތުރުވަމުންނެވެ. އެކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި ހަނގުރާމަމަތީ މަތިންދާބޯޓާއި، ހެލިކޮޕްޓަރާއި، އިންޖީނާއި، މަތިންދާބޯޓުތަކުގެ ބައިތަކުގެ އިތުރުން ޕައިލެޓަކާއި ނުލާ އުދުހޭ ޒާތުގެ އުޅަނދުތައް ހިމެނެއެވެ.
ހިންދުސްތާން އެއަރޮނޮޓިކްސްގެ ބޯޑުން ވަނީ އެކުންފުނީގެ ހިއްސާ އޮތް ހެޓްސޯފް ހެލިކޮޕްޓަރ ކުންފުނީގެ ބާކީ ހުރި ހިއްސާތައްވެސް ގަނެ، އެކުންފުންޏަކީ ހިންދުސްތާން އައަރޮނޮޓިކްސްގެ ސައްތައިންސައްތަ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމުގެ ހުއްދަ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް