އަވަށްޓެރި އިންޑިއާގެ ކޮޗިންގެ ގެސްޓްހައުސްއެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނީ މ.މުލަކު ހުސެއިން ލަތީފު ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ އާއިލާގެ މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމަކީ މިއަދު ހެނދުނު ހިނގި ކަމެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ފޯނަށް ގުޅާ ހަބަރެއް ނުވުމުން ކޮޓަރިއަށް ވަދެ އޭނާގެ އާއިލާއިން ބެލި އިރުއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހުސެއިން ލަތީފް އިންޑިއާއަށް ގޮސްފައިވަނީ އޭނާގެ އާއިލާގެ މީހަކު އޮޕަރޭޝަނެއް ކުރުމަށް، އެހީތެރިއެއްގެ ގޮތުގައެވެ. ހުސއިން ލަތީފް މަރުވި އިރު އޭނާގެ އަނތްބަކާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.
ހުސެއިން ލަތީފް ވަޅުލުމުގެ މަސައްކަތް އާއިލާއިން މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް