މުބީން އާއި ގާރީ ޖޭޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އާއި އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (ގާރީ) ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ. މި ދެ މެމްބަރުން ޖުމްހޫރީ ޕާޓީއާއި ގުޅިވ...

15 Nov 2018 | 14:38

ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އާއި އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (ގާރީ) ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

މި ދެ މެމްބަރުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައިވަނީ މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ދެ މެމްބަރުންގެ ފޯމާއި ހަވާލުވެލެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

މުބީން މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖޭޕީ ޓިކެޓުގައެވެ. ނަމަވެސް މުބީން ވަނީ އެ ޕާޓީ ދޫކޮށް ޕީޕިއެމަށް ކުރިން ގޮސްފައެވެ.

މި ދެ މެމްބަރުން ޖޭޕީއާއި ގުޅިވަޑައިގެންފައިވާއިރު ސިޔާސީ ދާއިރާގައި ނަން ހިނގާ ގިނަ ބަޔަކު އަންނަނީ ޖުމްހޫރީ ޕާޓީއާއި ގުޅެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް