ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޢާއިޝަތު އާޒިމާ ޝަކޫރު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިކަން އާޒިމާ އިއުލާނުކުރެއްވީ އޭނާގެ ފޭސްބުކް ޕްރޮފައިލްގައި ލިޔުއްވި ޕޯސްޓެއްގައެވެ.
އާޒިމާ އިސްތިއުފާ ދެއްވާފައިވާއިރު ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަންނަ ހޮނިހިރު ދުވަހު ހުވާކުރެއްވުމަށް ހަމަޖެހިފައިވާއިރު ރަނގަޅު ގޮތަކީ ސިޔާސި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުންކަމުގައި އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް