ފެނަކަ އެމްޑީ ކަމުން ލަމާން އިސްތިއުފާ ދެއްވައިފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުން، އެ މަގާމުގައި ހުންނެވި މުހައްމަދު ލަމާން އިސްތިއުފާ ދެއްވައިފިއެވެ. މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވި...

15 Nov 2018 | 14:01

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުން، އެ މަގާމުގައި ހުންނެވި މުހައްމަދު ލަމާން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ ލަމާން އިސްތިއުފާ ދެއްވާފައިވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންކަމަށާއި ލަމާންގެ އިސްތިއުފާ އެ ބޯޑުން ބަލައިގެންފައިވާކަމަށެވެ.

ލަމާން އެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު ކުންފުނިތަކުގައި ތިބި ސިޔާސީ މަގާމުތަކުގެ ބޭބޭފުޅުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަންނަ ހޮނިހިރު ދުވަހު މަގާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުން އެދިލައްވާކަމަށާއި ނޫންނަމަ ވަކި ކުރި ކަމުގެ ސިޓީ ފޮނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް