ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ކަމުން، އެ މަގާމުގައި ހުންނެވި އަހްމަދު ޝަހީރު އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ ޝަހީރުގެ އިސްތިއުފާ އެ ބޯޑުން ގަބޫލުކޮށްފައިވާކަމަށާއި ކުންފުނީގެ ހިންގުން އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު މިހާދާއި ހަވާލުކޮށްފައިވާކަމަށެވެ. އިސްތިއުފާ ދެއްވާފައިވަނީ މިއަދުން ފެށިގެންކަމުގައިވެސް ނިޒާރު ވިދާޅުވިއެވެ.
ޝަހީރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު ކުންފުނިތަކުގައި ތިބި ސިޔާސީ މަގާމުތަކުގެ ބޭބޭފުޅުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަންނަ ހޮނިހިރު ދުވަހު މަގާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުން އެދިލައްވާކަމަށާއި ނޫންނަމަ ވަކި ކުރި ކަމުގެ ސިޓީ ފޮނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް