ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފި

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުގެ ރައީސް ...

15 Nov 2018 | 13:43

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ ފަޒުލް ރަޝީދުގެ އިސްތިއުފާ އެ ބޯޑުން ގަބޫލުކޮށްފައިވާކަމަށާއި އިސްތިއުފާ ދެއްވާފައިވަނީ މާދަމައިން ފެށިގެން ކަމަށެވެ.

ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު ކުންފުނިތަކުގައި ތިބި ސިޔާސީ މަގާމުތަކުގެ ބޭބޭފުޅުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަންނަ ހޮނިހިރު ދުވަހު މަގާމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުން އެދިލައްވާކަމަށާއި ނޫންނަމަ ވަކި ކުރި ކަމުގެ ސިޓީ ފޮނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް