މިއަދު ހަވީރު މއ. ސެމީޑީލްގެ ހަތަރުވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލުކޮށްފިއެވެ.
އެ އަލިފާން މިހާރު ނިއްވާލައި އެކަން ހިނގަން މެދުވެރިވި ސަބަބު ސާފުކުރުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނައިރު އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 05:30 ހާއިރުއެވެ.
ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ މަސައްކަތުން އެ އަލިފާން ކޮންޓްރޯލު ކުރެވިފައިވާއިރު އެ އިމާރާތުގެ ތިންވަނަ ބުރިއަށްވެސް ކޮންމެވެސް ވަރަކަށް އަސަރުކޮށްފައިވާކަމަށް ސިފައިން ބުނެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ހަތަރު މީހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދީފައިވާއިރު ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދު އެ އިމާރާތުން މީހުން ނެރެ ހުސްކުރިއެވެ. އެ އިމާރާތަކީ 10 ބުރީގެ އިމާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް