ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން އެއްތަނަކުން ފުރަތަމަ ފަހަރަށް ބައްދަލު ކުރަނީ

ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުން އެއް ތަނަކުން އެއްވަގުތެއްގައި ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކުރެއްވުމަށް ތައްޔާރުވެއްޖެ އެވެ. މިއަދު މެންދުރުފަހު 2:00 ޖަހާއިރު ހޮޓެލް ޖެން ގައި މި ބަދަލުވުން ކުރ...

15 Nov 2018 | 07:19

ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުން އެއް ތަނަކުން އެއްވަގުތެއްގައި ފުރަތަމަ ފަހަރަށް މިއަދު ބައްދަލުކުރެއްވުމަށް ތައްޔާރުވެއްޖެ އެވެ.

މިއަދު މެންދުރުފަހު 2:00 ޖަހާއިރު ހޮޓެލް ޖެން ގައި މި ބަދަލުވުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ އިންތިހާބީ ރައީސް ނުވަތަ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ބާނީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އެވެ.

ކޯލިޝަންގެ އެބަސްވުން އުފެދުނު ފަހުން ތަފާތު ސަބަބު ތަކާއި ހުރެ އަދި ރައީސް ޔާމީނުގެ ސަރުކާރުގައި ސިޔާސީ ލީޑަރުން ހައްޔަރު ކުރުމާއި ވިދިގެން މީގެ ކުރިން ހަތަރު ލީޑަރުންނަށް އެއްތަނަކުން އެއްވަގުތެއްގައި ބައްދަލުކުރެއްވިފައެއް ނުވެއެވެ. އެހެންކަމުން މިއީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ތާރީޙީ ބައްދަލުވުމަކަށް ވެގެންދާނެއެވެ.

ރައީސް މައުމޫނާއި ގާސިމް އިބްރާހީމްގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައި ވާއިރު ރައީސް ނަޝީދާއި ޝައިހް އިމްރާން މިވަގުތު މިނިވަންވެފައި ތިއްބެވީ މި ދެބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން އަލުން މުރާޖައާކޮށް ގޮތެއް ނިންމަންދެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް