ޝަހީމް އައިޔޫއެމްގެ ޗާންސެލާގެ މަގާމުން އިސްތިއުފާ ދެއްވައިފި

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަމުން ޑރ.މުޙައްމަދު ޝަޙީމް އަލީ ސަޢީދު އިސްތިޢުފާ ދެއްވައިފިއެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި ޑރ.ޝަހީމް މަގާމުން...

15 Nov 2018 | 07:16

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަމުން ޑރ.މުޙައްމަދު ޝަޙީމް އަލީ ސަޢީދު އިސްތިޢުފާ ދެއްވައިފިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި ޑރ.ޝަހީމް މަގާމުން އިސްތިޢުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޝަހީމް އިސްލާމިކް މިނިސްޓަރ ކަމުގައި ހުންނެވި އިރު އައިޔޫއެމް އުފެއްދުމުގެ މަސައްކަތުގައިވެސް އުޅުއްވިއެވެ. އަދި އައިޔޫއެމް އުފެއްދުމަށްފަހު އެތަނުގެ ވައިސް ޗާންސެލާކަމުގެ މަގާމާވެސް ހަވާލުވިއެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމާއި ހަވާލުވެފައެވެ.

ޑރ.ޝަހީމް މަގާމުން އިސްތިއުފާދެއްވުމުގެ ކުރިން ވަނީ ޔުނިވާސިޓީގެ ކައުންސިލް މެމްބަރުންނާއި، ސްޓޫޑެންޓް ޔޫނިއަން އާއި ބައްދަލުކުރައްްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަަންނަވާފައެވެ.

ޑރ.ޝަހީމް އިސްތިއުފާ ދެއްވާފައިމިވަނީ އިންތިހާބި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް