ސީއެސްޓީއައި ބްލަޑް ކޭމްޕުގައި 40 އަށްވުރެ ގިނަ ފަރާތްތަކުން ލޭ ހަދިޔާކޮށްފި

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އިން އިސްނަގައިގެން ބޭއްވި ބްލަޑް ކޭމްޕުގައި 40 އަށްވުރެ ގިނަފަރާތްތަކުން ލޭ ހަދިޔާކޮށްފިއެވެ. ބައިނަލްއަޤްވާނީ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއް...

15 Nov 2018 | 06:36

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އިން އިސްނަގައިގެން ބޭއްވި ބްލަޑް ކޭމްޕުގައި 40 އަށްވުރެ ގިނަފަރާތްތަކުން ލޭ ހަދިޔާކޮށްފިއެވެ.

ބައިނަލްއަޤްވާނީ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަރަކާތުގައި ހަކުރުބައްޔަށް ޓެސްޓްކޮށްދިނުމާއި، ހަކުރުބައްޔާބެހޭ މައުލޫމާތު ދިނުންވެސް ކުރިޔަށްދިޔައެވެ. މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ހޯދުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދިޔަ މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 10 އިން މެންދުރުފަހު ދެއަކާއި ހަމައަށެވެ.

ލޭ ހަދިޔާކުރުމުގެ މި ހަރަކާތް ނިންމުމުގެ ގޮތުން އިއްޔެ މެންދުރުފަހު ސީއެސްޓީއައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވަނީ މަސައްކަތުގެ މާހައުލުގައިވެސް ކާމިޔާބާއެކު ކުރިޔަށް ދިއުމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ސީއެސްޓީއައިގެ ދަރިވަރުންގެ އިސްނެގުމާއެކު ކޮންމެ އަހަރަކު ކުރިޔަށްގެންދިއުމަށް ރޭވިފައިވާ މިހަރަކާތް ބޭއްވި މިއީ ދެވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް