ގާސިމްގެ އަނބިކަނބަލުން ޖަމިއްޔާއެއް އުފައްދަވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ، ގައުމީ، އިޖްތިމާއީ މަސައްކަތްތައް ކުރުމަށް ޖަމިއްޔާއެއް އުފައްދަވައިފިއެވެ. މިޖަމިއްޔާއަކީ އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އ...

15 Nov 2018 | 06:34

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ، ގައުމީ، އިޖްތިމާއީ މަސައްކަތްތައް ކުރުމަށް ޖަމިއްޔާއެއް އުފައްދަވައިފިއެވެ.

މިޖަމިއްޔާއަކީ އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް ނުވަތަ "އަސްބާ" އެވެ. ބުދަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ޖަމިއްޔާ އިފްތިތާހުކުރުމަށް ބޭއްވި ޙާއްސަ ރަސްމީއްޔާތުގައި ޖަމިއްޔާ އިފްތިތާހު ކުރައްވައި، ޖަލްސާ ޝަރަފުވެރަ ކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އެވެ.

މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ އިތުރަށް އައިޝާ އާއިލާގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް