މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް އަބްދުލްރައްޒާގު ހަލީމް އިސްތިއުފާދެއްވައިފިއެވެ.
ދާދި ދެންމެއަކު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލީމް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށާއި، އެ ބޯޑުން އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ. ހަލީމް އެމްޕީއެލްގެ ސީއީއޯކަމުން އިސްތިއުފާދެއްވުމުން ދެން އެކުންފުނި ވަގުތީ ގޮތުން ހިންގަވާނީ އެސިސްޓަންޓް ސީއީއޯ ރާބިހު މުހައްމަދުކަމަށް ނިޒާރު ވިދާޅުވިއެވެ.
ހަލީމް ވަނީ 2017 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން އެމްޕީއެލްގެ ސީއީއޯކަން ކުރައްވާފައެވެ. އަދި އެމްއާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރުކަމާއި، އެމްޓީސީސީގެ ސީއީއޯކަންވެސް މީގެ ކުރިން ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް