ފައިސަލް ނަސީމަށް އަނިޔާވެ، ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

ނިމިދިޔަ ރިޔާސީ އިންތިހާބުން ހޮވިވަޑައިގަތް އިންތިޙާބީ ނައިބު ރައީސް ފައިސަލް ނަސީމް އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިދިކޮޅު ކޯލިޝަނުގެ ފުޓުބޯޅަ މެޗަށް ފަރިތަކުރަމުން ދަނިކޮށް ލިބުނު އަނިޔ...

15 Nov 2018 | 05:53

ނިމިދިޔަ ރިޔާސީ އިންތިހާބުން ހޮވިވަޑައިގަތް އިންތިޙާބީ ނައިބު ރައީސް ފައިސަލް ނަސީމް އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިދިކޮޅު ކޯލިޝަނުގެ ފުޓުބޯޅަ މެޗަށް ފަރިތަކުރަމުން ދަނިކޮށް ލިބުނު އަނިޔާއަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފިއެވެ.

އިއްޔެ ހަވީރު "ދުޅަހެޔޮ ހަށިހެޔޮ ޢީދު"ގެ ޕްރެކްޓިސް ހެންވޭރު ދަނޑުގައި ކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނަށް އަނިޔާ ލިބުމާއެކު ވަނީ އޭޑީކީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ފަރުވާއަށްފަހު މިހާރު އެމަނިކުފާނު ވަނީ ދޫކޮށްލާފައެވެ.

އިންތިހާބީ ނައިބު ރައީސް ފައިސަލަށް އަނިޔާވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖެއްސެވި ބޯޅައެއް ފައިސަލްގެ ބޮލުގެ ފުއްކިބައިގައި ޖެހިއެވެ. އަދި އޯވަހެޑަކުން ބޯޅަ ޖަހަން އުޅެނިކޮށް، ބިންމަތީގައި ބޮލާއި ކަނދުރާ ޖެހި އަނިޔާވިއެވެ.

"ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުޅިވަރުގެ ބޮޑު ހަރަކާތް ހޯމަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ހަރަކާތަކީ ރިޔާސީ އާ ދައުރު ފެށުމުގެ އުފަލުގައި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރޭގައި އިދިކޮޅު ލީޑަރުންނާ އެކު ކުޅޭ ފުޓްބޯޅަ މެޗެއްގައި އިންތިހާބީ ރައީސާއި ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ ލީދަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް