އައްޑޫ ސިޓީގައި މިއަދު އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުގައި މިއަދު ހެނދުނު 5:45 ހާއިރު އައްޑޫ ސިޓީ ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަން ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައެވެ.
ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ފާރެއްގަ ޖެހި ހިނގި މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާއިރު ކާރުމައަޗަށް ފާރުން ބައެއް ވެއްޓި ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ކާރުދުއްވަން އިން ހިތަދޫ ޓެކްސީ ސެންޓަރުގެ ޑްރައިވަރު ނިދިޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ. އެކްސިޑެންޓްވި ވަގުތު ކާރުގައި ތިބީ ޑްރައިވަރުގެ އިތުރުން ގަމުން ހިތަދޫއަށް ދިއުމަށް ކާރަށް އެރި މީހެކެވެ.
މިއެކްސިޑެންޓާ ގުޅިގެން ޒަހަމުވި ދެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް