ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ދެ ވަކީލަކު ވަކާލާތު ކުރުން މަނާ ކޮށްފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤް ކުރައްވަމުންގެންދަވާ މައްސަލައަކާ ގުޅިގެން، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅުއްވަންދެން 15 ނޮވެމްބަރ 2015 އިން ފެށިގެން، ސ.ހިތަދޫ / ބޯށިވަލުގެ އަލްއުސްތާޛް ޢަލީ އިބްރާހީމް (އައިޑީކާޑު ނަންބަރު A022117) އާއި، ގއ.ވިލިނގިލި / ބީޗްހައުސް އަލްއުސްތާޛް ޢަލީ ޝާހް (އައިޑީކާޑު ނަންބަރު A092898) ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނުކުރާ ކަމަށެވެ.
މި ދެ ވަކީލުން ވަކާލާތު ކުރުން މަނާކޮށްފައިވާކަން އިއުލާނުކޮށްފައިވީ ނަމަވެސް ފުލުހުން ބަލަމުން އަންނަ މައްސައިގެ އެއްވެސް މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް