ކުޑަކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފުވައްމުލަަކު ކައުންސިލަރަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކާއިއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފުވައްމުލަކު ކައުންސިލަރެއް ހައްޔަރުކޮށްފި އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަ...

15 Nov 2015 | 14:56

ކުޑަކުއްޖަކާއިއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފުވައްމުލަކު ކައުންސިލަރެއް ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު ދޫނޑިގަން އަވަށުގެ ކައުންސިލަރު އަލީ ޝަޒީމް މުހައްމަދު އެވެ.

ފުވައްމުލަކު ކައުންސިލުން ވެސް ވަނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޝަޒީން ކަން ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޑަކުއްޖަކާއި އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން މިއަދު މެންދުރު ފަހު ފުވައްމުލަކުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް