ހަކުރުބަލީގެ ދުވަހާއި ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ޑައިބެޓިކް އެސޯސިއޭޝަނާއި ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ހަންކެޑެ ބްރިޖް ސަރަހައްދުގައި ނޮވެމްބަރު 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މޫދުގައި ކުރެވޭ ގިނަ ކަސްރަތުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ހަކުރު ބައްޔާއި ގުޅޭގޮތުން ތަފާތު މަޢުލޫމާތުތައްވެސް ދީފައިވެއެވެ.
މި ޕްރޮގްރާމުގައި އައްޑޫ ސިޓީގެ ރައްޔިތުންނާއި އައްޑޫ ސިޓީގައި ހުރި މުއައްސަސާތަކުން ބައިވެރިވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް