ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޕޮލިސް ކްލަބާއި އިހަވަންދޫ ކްލަބް ޕޯލް ސްޓާ ޖާގަ ހޯދައިފި އެވެ.
މިމުބާރާތުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގައި ޕޮލިސް އޮތީ 16 ޕޮއިންޓާއެކު އެވެ. އަދި ދެވަނައިގައި އޮތް އިހަވަންދޫ ޕޯލް ސްޓާއަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.
މިމުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޕޮލިހުންގެ މައްޗަށް އިހަވަންދޫ ވަނީ ކުރި ހޯދައިފައެވެ. ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު އިހަވަންދޫއިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
މިމެޗުގެ ފުރަތަމަ ސެޓު 25-23 އިން ކާމިޔާބުކުރީ އިހަވަންދޫ ޓީމުންނެވެ. ދެ ވަނަ ސެޓު 21-25 އިން ޕޮލިސް ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު 25-19 އިން ކާމިޔާބުކުރީ އިހަވަންދޫ އެވެ. ހަތަރު ވަނަ ސެޓު 14-25 އިން ކާމިޔާބުކޮށް ޕޮލިހުން ނަތީޖާ ހަމަހަމަކުރި ނަމަވެސް، އިހަވަންދޫއިން ވަނީ ފަހު ސެޓު 19-17 އިން ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ. މިމެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމެވެ. މޮޅުވާ ޓީމަކަށް ސީދާ ފައިނަލުން ޖާގަ ލިބޭނެ އެވެ.
މާދަމާ ހަވީރު ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ތިންވަނަ ޓީމާއި ހަތަރުވަނަ ޓީމެވެ. އެ މެޗުން ބަލިވާ ޓީމެއް ކަޓާއިރު، މޮޅުވާ ޓީމަކަށް ޖެހޭނީ އަންނަ އަންގާރަ ދުވަހު ކުޅޭ ތިންވަނަ ސެމީގައި ނުކުންނަން ޖެހޭނީ ދެވަނަ ސެމީއިން ބަލިވި ޓީމާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ބުދަ ދުވަހުގެރޭ އޮންނަ ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.
ސެމީގެ ފަހު ދެ ޖާގަ ލިބޭނީ ފޮނަދޫ ޒުވާނުންގެ ރޫހު، ދިއްދޫ ޓީނޭޖް ބޯއިސް، ނައިފަރު ޖުވެނައިލްގެ ތެރެއިން ދެ ޓީމަކަށެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް