ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން 8 ކުޅުންތެރިޔަކު ކަޓައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން 8 ކުޅުންތެރިޔަކު ކަޓައިފި އެވެ. މިމުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ބަލިވެ، މުބާރާތ...

15 Nov 2015 | 12:35

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުން 8 ކުޅުންތެރިޔަކު ކަޓައިފި އެވެ.

މިމުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ބަލިވެ، މުބާރާތުން ކަޓާފައިވަނީ މުހައްމަދު ނިހާޒް، މާޒް އަބްދުﷲ، އަބްދުﷲ ރާއިފް، އިބްރާހިމް ރިޔާޒް، އަބްދުﷲ ނަޝާތު، އިސްމާއިލް ރަޒީން، އިބްރާހިމް ރަޝީދު އަދި ފަތުހުﷲ ޖަމީލް އެވެ.

މިމުބާރާތުގެ ރޭ ކުޅުނު މެޗުން އަލީ ފަޔާޒް އަތުން މުހައްމަދު ނިހާޒް ބަލިވިއިރު، އިބްރާހިމް ހަނީފް އަތުން މާޒް އަބްދުﷲ ވަނީ ބަލިވެފައެވެ. އިބްރާހިމް ޒިޔާއު އަތުން އަހްމަދު ރާއިފް ބަލިވިއިރު، އަހްމަދު ޒިޔާން އަތުން އިބްރާހިމް ރިޔާޒް ވަނީ ބަލިވެފައެވެ.

އައްބާސް ސައީދު އަތުން އަބްދުﷲ ނަޝާތު ބަލިވިއިރު، މޫސާ ސާމިއު އަތުން އިސްމާއިލް ރަޒީން ވަނީ ބަލިވެފައެވެ. އަސްލަމް އަބްދުﷲ އަތުން އިބްރާހިމް ރަޝީދު ބަލިވިއިރު، މުހައްމަދު އަކްސަމް އަތުން ފަތުހުﷲ ޖަމީލް ވަނީ ބަލިވެފައެވެ.

މިމުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރެ އެވެ. އެމްޕީބީއޭ ރޭންކިންގްގެ ގަދަ 16 ގައި ހިމެނޭ ކުޅުންތެރިންނަށް އޮޓޮމެޓިކް ޖާގައެއް ދީފައިވާއިރު، އަނެއް 16 ކުޅުންތެރިން ހޮވާފައިވަނީ ކޮލިފައިން ބުރުންނެވެ. މިމުބާރާތް ކުރިއަށްދަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މިމަހުގެ 11 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަން ކުޅުންތެރިޔާއަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ރަނަރަޕް ކުޅުންތެރިޔާއަށް 3000 ރުފިިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނައަށް ހޮވޭ ކުޅުންތެރިޔާއަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވެސް ވަނަވަނައަށް ހޮވޭ ކުޅުންތެރިންނަށް އިނާމުތަކެއް ހުށަހަޅާގޮތަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް