ވަގަށް ނަގާފައިވާ ފެން ކޭސްތަކެއް ވިއްކަން އުޅުނު ދެމީހަކު ފައިސާތަކަކާއެކު ހައްޔަރުކޮށްފި

ވަގަށްނަގާފައިވާކަމަށް ބެލެވޭ ހަތް ފެންކޭހެއް ވިއްކަން އުޅުނު ދެމީހަކު ގިނަ ޢަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަ...

15 Nov 2015 | 12:19

ވަގަށްނަގާފައިވާކަމަށް ބެލެވޭ ހަތް ފެންކޭހެއް ވިއްކަން އުޅުނު ދެމީހަކު ގިނަ ޢަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ  22 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

މި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފެސް ކޭސްތަކެއް މާފަންނު އޭ.އެމް.ޑީ.ސީ ކައިރީގައި ހުންނަ ފިހާރައަކަށް ވިއްކަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ 20:40 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ކާނިވާ ކައިރީ ހުންނަ ޕެޓްރޯލް ސެޑްކައިރީ ހުރި ގުދަނަކުން ވަގަށްނަގާފައިވާ ބެލެވޭ 1.5 ލިޓަރުގެ ހަތް ކޭސް ފެން ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ތެރެއިން 22  އަހަރުގެ މީހާ އަކީ ގިނައަދަދެއްގެ ވައްކަމުގެ މައްސަލަތަކާއި މަސްތުވާތަކއްޗާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި ބިދޭސީ މީހާ ލައިގެން ހުރި ސޯޓުގެ ކުރިމަތީ ޖީބުންނާއި އޭނާގެ ވޮލެޓުން -/49000 ރުފިޔާއަށްވުރެ ގިނަ ފައިސާގެ އިތުރުން ބޭރު ފައިސާތަކެއްވެސް ފެނިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް