ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޓީގެ މެމްބަރ އަދި ނޭވީ ކޮމާންޑަރ އެޑްމިރަލް ވު ޝެންގްލީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، މިއަދު ބައްދަލުކުރައްވައިފިއެވެ.
އެއެންޑީއެފުން ބުނީ ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޓީގެ މެމްބަރ އަދި ނޭވީ ކޮމާންޑަރ އެޑްމިރަލް ވު ޝެންގްލީ އާއި ޗީފް އޮފް ޑިފެންސް ފޯސް، ބަންޑާރަކޮށީގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންނާއި، ދިވެހި ސިފައިންނަށް އަސްކަރީ ތަމްރީނު ދިނުމާބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޓީގެ މެމްބަރ އަދި ނޭވީ ކޮމާންޑަރ އެޑްމިރަލް ވު ޝެންގްލީ ބަންޑާރަކޮއްޓަށް ޒިޔާރަތްކުރެއްވީ "ބެރުދުންމާރި ތާޅަފިލީ" ގައި ކަމަށާއި އަދި ބަންޑާރަކޮށީގައި އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައިވާކަމަށް އަދި އެމަނިކުފާނު ވަނީ މިއަދު ޝަހީދުންގެ ބިނާއަށް ޒިޔާރަތްކުރައްވައި، ދިދަ މައުންޓްކުރުމުގެ ރަސްމިއްޔާތު އިންސްޕެކްޓް ކޮށްދެއްވާފައި ވާކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ ޗައިނާގެ ނޭވީ ކޮމާންޑަރުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއިން ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
ޗައިނާގެ ނޭވީ ކޮމާންޑަރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބައްދަލުކުރައްވާފައިވާއިރު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުވެސް ވަނީ ޗައިނާގެ ނޭވީ ކޮމާންޑަރާއި މިއަދު ބައްދަލު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް