ޗައިނާގެ ނޭވީ ކޮމާންޑަރާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ބައްދަލު ކުރައްވައިފި

ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޓީގެ މެމްބަރ އަދި ނޭވީ ކޮމާންޑަރ އެޑްމިރަލް ވު ޝެންގްލީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އަލްފާޟިލް އާދަމް ޝަރީފްއާ މިއަދު ބައްދަލުކުރައްވައިފިއެވެ. ...

15 Nov 2015 | 12:04

ޗައިނާގެ ސެންޓްރަލް މިލިޓްރީ ކޮމިޓީގެ މެމްބަރ އަދި ނޭވީ ކޮމާންޑަރ އެޑްމިރަލް ވު ޝެންގްލީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އަލްފާޟިލް އާދަމް ޝަރީފްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ  ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއި ވާކަމަށެވެ.

ޗައިނާގެ ނޭވީ ކޮމާންޑަރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބައްދަލުކުރައްވާފައިވާއިރު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ވެސް ވަނީ ޗައިނާގެ ނޭވީ ކޮމާންޑަރާއި މިއަދު ބައްދަލު ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް