ފްރާންސަށް ދިން ހަމަލާއާއި ގުޅުން ހުރި ފަރާތްތަށް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތަށް ބުނެފި

ފަރަންސޭސި ވިލާތަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުން ހުރި ފަރާތްތަށް ބުނާ ބަޔަކު ފަރަންސޭސި ފުލުހުން ހައްޔަރު ކޮށްފައިވާކަމަށް ރިޕޯޓްތަށް ބުނަން ފަށައިފި އެވެ. ހަމަލާ އާއި ގުޅުން ހުރި ފަރާތްތަށް ހައް...

15 Nov 2015 | 11:55

ފަރަންސޭސި ވިލާތަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުން ހުރި ފަރާތްތަށް ބުނާ ބަޔަކު ފަރަންސޭސި ފުލުހުން ހައްޔަރު ކޮށްފައިވާކަމަށް ރިޕޯޓްތަށް ބުނަން ފަށައިފި އެވެ.

ހަމަލާ އާއި ގުޅުން ހުރި ފަރާތްތަށް ހައްޔަރުކޮށްފައިވާކަން ޕެރިސް ގެ ޕްރޮސެކިއުޓަރ ފްރަންކޮއިސް މޮލިން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ރިޕޯޓްތަށް މިހެން ބުނެފައިވާއިރު، ހަމަލާއާއި ގުޅުން ހުރި އެކަކު ހައްޔަރު ކޮށްފައިވާކަމަށް ފްރާންސް ގެ އައިޓެލެ ޓީވީ އިން ބުނެފައިވާ އިރު، ހަމަލާގައި ޖާނުން ފިދާވި ކަމަށް ބުނާ އުމުރުން 29 އަހަރުގެ މީހާގެ ބައްޕަ އާއި ބޭބެ ނުވަތަ ކޮއްކޮ ހައްޔަރު ކޮށްފައިވާކަމުގައި އޭ އެފް ޕީ އިން ބުނެ އެވެ.

އަދި ފަރަންސޭސި ފުލުހުން ދަނީ ހަމަލާއާއި ގުޅުން ހުރި މީހާގެ ގެ ބަލާ ފާސް ކުރަމުން ކަމަށާއި ހަމަލާ އާއި ގުޅުން ހުރި މީހާގެ ބޭބެ ހުރި ތަންވެސް ބަލާ ފާސް ކުރަމުންދާކަމަށް އޭ އެފް ޕީ އާއި ހަވާލާ ދީ އާރު ޓީ ނޫހުން ބުނެފައިވެ އެވެ.

ހަމަލާގެ އެއް ބައިވެރިއެއްގެ ހަށިގަނޑު ކައިރިން ސީރިޔާ ޕާސްޕޯޓް ފެނިފައިވާކަމަށް ފަރަންސޭސި ފުލުހުން ބުނެ އެވެ.

ޕެރިހަށް ދިން ހަމަލާއާއި ގުޅުން ހުރި ކަމަށް ބުނާ އެކަކު ގްރީސް މަގުން ވިލާތަށް އެތެރެވެފައިވާކަމަށް ގްރީސް އިން ދަނީ ބުނަމުން ނެވެ.

ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހަށް ހަމަލާ ދީފައިވާއިރު، ހަމަލާގެ ކުރިން ވިލާތުގެ ސަލާމަތީ ކަންކަމާ ބެހޭ ފަރާތްތަކުން ދިޔައީ ރެފިއުޖީންގެ ތެރޭގައި ނިވާވެގެން ވިލާތަށް އެތެރެވެ މިފަދަ ހަމަލާ ދީފައިވާނެ ކަމުގެ އިންޒާރު ދީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް އާރު ޓީ ނޫހުގައި އިތުރަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް