ފްރާންސަށް ދިން ހަމަލާއާއި ރެފިއުޖީންގެ މައްސަލައާއި ނުގުޅުވުމަށް ޖަރުމަނުން ގޮވާލައިފި

ފަރަންސޭސި ވިލާތަށް ދިން ހަމަލާއާއި ރެފިއުޖީންގެ މައްސަލައާއި ނުގުޅުވުމަށް ޖަރުމަނު ވިލާތުގެ އިންޓީރިއާއިން ގޮވާލައިފި އެވެ. ޖަރުމަނު ވިލާތުގެ އިންޓީރިއާ މިނިސްޓަރުގެ އިތުރުން އަދި އެގައުމުގެ ސިޔާސީ ބ...

15 Nov 2015 | 11:52

ފަރަންސޭސި ވިލާތަށް ދިން ހަމަލާއާއި ރެފިއުޖީންގެ މައްސަލައާއި ނުގުޅުވުމަށް ޖަރުމަނު ވިލާތުގެ އިންޓީރިއާއިން ގޮވާލައިފި އެވެ.

ޖަރުމަނު ވިލާތުގެ އިންޓީރިއާ މިނިސްޓަރުގެ އިތުރުން އަދި އެގައުމުގެ ސިޔާސީ ބޭފުޅެއްގެ ހައިސިއްޔަތުން ރެފިއުޖީންގެ މައްސަލައާއި ފަރަންސޭސި ވިލާތަށް ދިން ހަމަލާއާއި ނުގުޅުވުމަށް ގޮވާލައްވާ ކަމުގައި ޖަރުމަނު ވިލާތުގެ އިންޓީރިއާ މިނިސްޓަރ ޑޭ މައިޒިއަރ ވަނީ ވިދާޅުވެފަ އެވެ.

ވިލާތުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ޖަރުމަނު ވިލާތަށްވެސް ވަނީ ރެފިއުޖީން މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

ވިލާތަށް އެތެރެވާ ރެފިއުޖީންގެ މައިގަނޑު އެއް މަންޒިލަކީވެސް ޖަރުމަނު ވިލާތެވެ.

ވިލާތުގެ ގައުމުތަކަށް މިހާތަނަށް 2.1 މިލިއަން ރެފިއުޖީން މެދުއިރުމަތިންނާއި އުތުރު އެފްރިކާއިން ހިޖުރަކޮށްފައިވާކަމުގައި އީޔޫގެ ފްރޮންޓެކްސް އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް