ޓެލެކޮމް ދާއިރާގެ ހަތަރު އެވޯޑެއް އުރީދޫއަށް

ބައިނަލްއަގްވާމީ ޓެލެކޮމް ދާއިރާގައި ދެމުން "ކޮމްސްއެމްއީއޭ އެވޯޑްސް" ގެ ހަތަރުއ އެވޯޑެއް އުރީދޫއަށް ލިބިއްޖެ އެވެ. އެ އެވޯޑްސްގައި އުރީދޫއަށް ލިބިފައިވަނީ މުޅި އަހަރު ދުވަހު ހުރިހާ ގޮތަކުން އެންމެ ރަ...

15 Nov 2015 | 07:43

ބައިނަލްއަގްވާމީ ޓެލެކޮމް ދާއިރާގައި ދެމުން "ކޮމްސްއެމްއީއޭ އެވޯޑްސް" ގެ ހަތަރުއ އެވޯޑެއް އުރީދޫއަށް ލިބިއްޖެ އެވެ.

އެ އެވޯޑްސްގައި އުރީދޫއަށް ލިބިފައިވަނީ މުޅި އަހަރު ދުވަހު ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮޕަރޭޓަރުގެ އެވޯޑާއި މެދުއިރުމަތިން އެންމެ ރަނގަޅު މޯބައިލް އޮޕަރޭޓަރުގެ އެވޯޑާއި ނެޓްވޯކް އޮޕްޓިމައިޒޭޝަން އެވޯޑާއި އެންމެ ރަނގަޅު ސާވިސް ޕްރޮވައިޑަރެއްގެ އެވޯޑެވެ.

މި ހަތަރު އެވޯޑް އުރީދޫއަށް ލިބިފައިވާއިރު މި އެވޯޑް ކެޓަގަރީތަކަށް 12 ފަރާތަކުން ނޮމިނޭޓް ވެފައި ވެ އެވެ.

މިކަމާއި ގުޅިގެން އުރީދޫން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ޝައިހް ސައުދް ބިން ނަސީރް އަލް ތާނީ ވިދާޅުވެފައިވަނީ އުރީދޫގެ އަމާޒަކީ ހިދުމަތްދޭ ކޮންމެ ތަނެއްގައި އެންމެ ފުރިހަމަ ހިދުމަތް ދިނުން ކަމަށާއި އުރީދޫގެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ލައިފް ސްޓައިލް އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ.

ގަތަރުގެ އުރީދޫ ކުންފުނިން ގަތަރުގެ އިތުރުން އިރާގާއި އަލްޖީރިއާ އަދި ރާއްޖޭގައި ހިދުމަތް ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް