އައްޑޫ ސިޓީގެ ދެ ގެއް ބަލައިފާސްކޮށް ވަގަށް ނަގާފައިވާކަމަށް ބެލެވޭ ފައިސާތަކެއް ހޯދައިފިއެވެ.
ފުލުހުން ބުނީ މި ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފައިސާތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދަނިކޮށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ނޮވެމްބަރު މަހުގެ ނުވައެއ އަދި 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މި ފައިސާތައް ފެނިފައިވަނީ އައްޑޫ ސިޓީގެ ދެ ގެއެއް ކޯޓު އަމުރެއް ދަށުން ބަލައިފާސްކުރިއިރު އެ ދެގެއިން ކަމަށެވެ.
މި ދެ ގެ ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ 6000 ރުފިޔާ އާއި 600 ޑޮލަރާއި 150 ޔޫރޯގެ ތެރެއިން 546 ޑޮލަރާއި 135 ޔޫރޯ ފެނިފައިވާއިރު ވަގަށް ނަގާފައިވާ ދިވެހި ފައިސާތަކުގެ ތެރެއިން އެއްވެސް ފައިސާއެއް ފެނިފައެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ވަގަށް ނަގާފައިވާ ދިވެހި ފައިސާތަކާއި ތުހުމަތުކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް